ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުރައިދޫގެ ޑިރެކްޓަރުގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އައްޔަނުކުރައްވައިފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އަޝްފާގު އެ މަގާމަށް ހަމަޖެއްސިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

ޑިރެކްޓަރެއްގެ ހައިސިއްޔަތުން އަޝްފާގުގެ ޒިންމާތަކުގެ ތެރޭގައި އިދާރީ ހިންގުމާއި ޕްރޮޓޮކޯލްގެ ކަންކަމާއި ލޭޒަންގެ މަސައްކަތްތައް ހިމެނެ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގަކީ ވަރަށް ކުރިއްސުރެވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެގޮތުން ރައީސް ކަމަށް މުއިއްޒު ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަމަށް ކެމްޕޭން ކުރެއްވި އިރުވެސް އަޝްފާގު މުއިއްޒަށް ތާއިދުކުރައްވާކަން ހާމަކުރެއްވި އެވެ.

އޭގެ އިތުރުން އަޝްފާގަކީ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ދަރިކަލުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ވަރަށް ގާތް ބޭފުޅެއްވެސް މެއެވެ،


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން