ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ކުރިން ނިންމަވާފައި އޮތް ނިންމުން ބަދަލުކުރައްވައި އެކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މަޝްވަރާނުކުރައްވައި ކަމަށް ބުނާ ވާހަކަތައް ޝިޔާމް ދޮގުކުރައްވައިފި އެވެ.
ޝިޔާމް އެގޮތަށް ވިދާޅުވީ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ނެވެ.
ރައީސް ޔާމީން ވިދާޅުވީ ލޭނުގެ މަސްވެރިކަމާ ގުޅޭ ނިންމުން ބަދަލުކޮށް އެކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވީ ޝިޔާމްގެ ލަފައެއް ވެސް ހޯއްދެވުމެއް ނެތި ކަމަށެވެ.
އެކަމާ ގުޅިގެން ޝިޔާމް އެކްސްގައި މިއަދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި ވަރަށްގިނަ ރައީސުން ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ.
އެގޮތުން ރައީސް މުއިއްޒު މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރާ ކުރައްވަންޖެހޭގޮތަށް މަޝްވަރާ ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ އަދި މަޝްވަރާ ކުރައްވަން ޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާތަންވެސް ތަޖުރިބާ ކުރެވިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ނިންމުމާ ގުޅިގެން ޝިޔާމް ކުރިން ވިދާޅުވީ ރައީސް އިސްކުރެއްވީ ސިނާއަތުގެ މަސްލަހަތު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު