ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެ ޒިންމާގެ ދަށުން ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭނާއެކު އެކަމާގުޅޭ މުއައްސަސާތަކަށް އެ މަގަށް މަސައްކަތްތައް ބައްޓަން ކުރައްވަން ފަސޭހަވެގެންދާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ކުއްޖާ ހެދިބޮޑުވުމުގެ ފުރުސަތު ސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމަށް ސާޖިދާ ވިދާޅުވެފައިވާއިރު ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއެކު، ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ މި ޕްލޭނަކީ މި ޤައުމުގެ ކޮންމެ ކުއްޖަކީވެސް، ލިބޭ ގެއްލުމުން ސަލާމަތްވުމުގެ އިތުރުން، ރައްކާތެރި މާޙައުލެއްގައި ކުރިއެރުމުގެ ބާރު ލިބިގެންވާ ކުއްޖަކަށް ހެދުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ދަތުރެއްގެ ފެށުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން