ސަލާހުއްދީން---
ސަލާހުއްދީން---
ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަރަފުވެރި އިނާމު ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަރަފުވެރި އިނާމު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ހުސައިން ސަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މާދަމާ ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު މި ފަހަރު އަލަށް ގައުމިއްޔަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ގައުމިއްޔަތުގެ ޝަރަފުވެރިކަމުގެ އިނާމު ސަލާހުއްދީންގެ ހަނދާނަށް އަރުވަން ނިންމީ ދިވެހި ގައުމިއްޔަތުގެ އިސް ބަހާ ކަމުގައިވާ ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ސަލާހުއްދީން ކުރެއްވެވި ގައުމީ ހިދުމަތަށްޓަކައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލަން ނިންމާފައިވާ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ރާއްޖެއަށް ވެހިކުރުން ހިމެނެ އެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައެއް ކަަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން