ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަތައް އަދީބު ދޮގު ކުރައްވައިފި އެވެ.

އާދިބާއި ރައީސް މުއިއްޒާއި ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް އިދިކޮޅު ޕީއެންއެފުން ތުހުމަތު ކުރެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ސިންގަޕޫރަށް ކުރެއްވި ޒިޔާރަތުގައި ވެސް އަދީބާ ބައްދަލުކުރެއްވި ކަމަށް ޕީއެންއެފްގެ އިސް ބޭފުޅުން ދަނީ ތުހުމަތުކުރަމުން ނެވެ. މިވާހަކަ އެކްސްގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު މިއަދު ހިއްސާ ކުރެއްވުމުން އަދީބު ވަނީ ޖަމީލަށް ހޫނު ރައްދެއް ދެއްވާފައެވެ.

އަަދީބު ވިދާޅުވީ 2015 ވަނަ އަހަރުވެސް އެމަނިކުފާނު ހުރަ ގޭގައި އޮއްވައި އެމްޔޫއޯ ކިޔާ އިދިކޮޅު އިއްތިހާދެއް ޕީއެންއެފްގައި މިހާރު އިސްކޮށް އުޅުއްވާ ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ހައްދަވައިގެން އުޅުއްވި ކަމަށާއި އެ އިއްތިހާދުގެ އެޑްވައިޒަރަކަށް އަދީބު ލައިގެން އުޅުއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެ ހަރަކާތުން ރައީސް ޔާމީންގެ ވެރިކަން ވައްޓާލިކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ސިޔާސީގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން!" އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ދެއްވައި މިނިވަން ކުރިފަހުން ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާތީ އެކަން ރަނގަޅު ކުރުމަށް ސަރުކާރަށް އިރުޝާދު ދެމުންދާ ކަމަށް އަދީބު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން