ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ލިޔުއްވާފައިވާ "ދެރަދުން" ފޮތް މިއަދު އެމަނިކުފާނު ނެރެދެއްވައިފިއެވެ.

މިފޮތް ނެރެދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ޚައްސަ ރަސްމިއްޔާތުގައެވެ. ނޮވެލްޓީ ބުކްޝޮޕްގައި ބޭއްވި ފޮތް ނެރުމުގެ ރަސްމިޔާތުގައި ރައީސް ނަޝީދު ވަނީ މިފޮތުގައިވާ ލިޔުންތަކާއި ގުޅޭގޮތުން ހުލާސާ ގޮތެއްގައި މައުލޫމާތު ދެއްވާފައެވެ. އަދި މިފޮތަކީ ވަރަށް ގިނަ ތާރީޚްތަކެއް އެކުލެވިގެން ލިޔެވިފައިވާ ފޮތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފޮތަކީ 1،800 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު އެނބުރެމުން އައި ގޮތާ ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތެކެވެ. ރައީސް ނަޝީދުގެ މިފޮތުގެ ރިވިއުގައި ރާއްޖޭގެ ބޮޑެތި ބައެއް ނޫސްތަކުގައި ތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުން ލިއުއްވާފައިވާ ލިޔުންތައްވެސް ހިމަނާފައިވެއެވެ.

މިފޮތް ނެރުމަށް މިއަދު ބޭއްވި ރަސްމިޔަތުގައި އެމްޑީޕީގެ އިސްސަފުގެ ބައެއް ބޭފުޅުން ބައިވެރިވެފައިވެއެވެ. ނަމަވެސް މާގިނަ ބަޔަކު މިރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެއެވެ. މިއަދު ބައެއް ބުކްޝޮޕްތަކުން މިފޮތް ދޫކުރާ ގަޑިތަކުގައި ރައީސް ނަޝީދުގެ ސޮޔާއިއެކު ބައެއް ފޮތްތައް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިފޮތުގައި ސިޔާސީ ކަންކަމުގެ އިތުރަށް އެޒަމާނުގެ ވިޔަފާރި ކަންކަން ހިނގަމުންދިޔަ ގޮތާއި، މާލޭގެ މަގުތަކާއި ގޯތި ހުރި ގޮތްތަކާއި، އެޒަމާނުގެ ދިރިއުޅުމުގެ ބައެއް މަނާޒިރުތައް ވަރަށް ތަފުސީލުކޮށް ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21

ައަހްމަދު

20-Aug-2020

ދައުލަތުން އޮފީސް ހިންގުމުގެ ޙަރަދު.. ދައުލަތުން ކާން ބޯން ދަތުރުފަތުރު ބޭސް.. މިހުރިހާކަމެއް ގެ އިތުރު މަޖިލީހުގެ+ޖޭއެސީ ގެ މުސާރަ ލިބޭއިރުވެސް މިފޮތް ވިއްކަނީ ތޯ.. ކީއްވާނީ ރައްޔަތުންގެ މީހެކޭ ކިޔާފައި ވާހަކަ ދައްކާ މީހާ ހިލޭ ނުދޭންވީ.. ޕްރޮފެސަރ އުގެއިލުވެސް މާރަގަޅުތާ ރައްޔަތުންނަށް އޭނާގެ ފޮތް ހިލޭ ބެހީ ވިއްޔާ.. މީނާ އަދިވެސް މިއުޅެނީ ރައްޔަތުން ބިކަވެފައި ތިބި ދަނޑިވަޅުގައިވެސް ރައްޔަތުން ފެލާލަން.. މިވަރުންވެސް އެމްޑީޕީން ބުނާނީ ހަމަ ހެޔޮއެދޭތީއޭ.. ކާކައްބާ އަމިއްލަ ނަފްސައްދޯ؟

2

އަހްމަދު

ފަހުގެ ލިޔުންތައް

ޓްރެންޑިން