ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިސްކުރައްވައިފިއެވެ.

އެމަނިކުފާނު ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވީ މީސް މީޑިއާގެ މަންސައެއް ކަމުގައިވާ އެކްސް މެދުވެރިކުރައްވައި، ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.





ޤައުމީ ދުވަހާ ގުޅިގެން މާދަމާ ހެނދުނު ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.



ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން