ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާތީ އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެގޮތުން ރޯޑު ޑިވެލިޕްމަންޓް ކޯޕަރޭޝަނުން ވެސް ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ސޮއި ކުރައްވާ ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ، އިގުތިސާދީ އަދި މާލީ ދަތި ހާލަތުން އަރައިގަތުމަށްޓަކައި ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށެވެ.
އެގޮތުން، ފާހަގަ ކޮށްލެވޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުތައް ކުރުން މަދުކުރުމާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް އެކަނި ކުރުމާއި ބޭރަށް ކުރާ ދަތުރުތައް ވެސް 6 ގަޑިއިރަށްވުރެ ދިގުނަމަ ފަސްޓްކްލާސްގައި ދަތުރު ނުކުރުމާއި ފެރީގެ ހިދުމަތް ލިބޭ ތަންތަނުގައި އެ ހިދުމަތް ބޭނުން ކުރުމަށާއި ކުންފުންޏަށް ސީދާ ފައިދާވާ މަހާސިންތާފަދަ ތަންތާނޫނީ ބައިވެރި ނުވުން ހިމެނެއެވެ.
އޭގެ އިތުރުން، މުވައްޒަފުންގެ ހަރަދުތައް ކުޑަކުރުމަށް، ކުންފުންޏަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފަކު ނޫނީ ނުނެގުމަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނަފަދަ ކަންކަން ޕްރައިވެޓައިޒޭޝަން ބޯޑުގެ ލަފާގެމަތިން ނޫނީ ނުކުރުން ހިމެނެއެވެ.
އަދި ރަސްމީ ގަޑީގައި ނިންމެން ހުންނަ މަސައްކަތްތައް ރަސްމީ ގަޑީގައި ނިންމުމަށް މަސައްކަތް ކުރުމާއި އިތުރުގަޑީގެ މަސައްކަތް ވެސް އެގޮތަށް ލިމިޓު ކުރުން ވަނީ ހިމަނާފައެވެ.
މުވައްޒަފުންނާއި ގުޅޭ ހަރަދުތަކުގެ އިތުރުން ސްޕޮންސަރއާއި ސީއެސްއާރުގެ ގޮތުގައި ހޭދަކުރާ މިންވަރު މަދު ކުރުން އަދި ހަފްލާތަކަށް ފިނިހިއްޕެވުން ހެދުންފަދަ ބައެއް ހަރަދުތައް ވެސް ކުޑަކުރުމަށްވަނީ އަންގާފައެވެ.
ލިޔެކިޔުމުގެ މަސައްކަތްތައް ވެސް ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ގެންދިޔުމަށް އެމްޑީގެ ލިޔުމުގައި މުވައްޒަފުންނަށް އަންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު