ދިވެހި ޤައުމިއްޔަތުގެ އިސްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވާފައިވަނީ މިހާރު ކުރިއަށްދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސް އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ކަމަށެވެ. އަދި އެއީ މެންބަރޝިޕް ކޮލެޖެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ ދިވެހި ބަހާއި ދިވެހި ތާރީޚާއި ދިވެހި ތަރިކަ އާއި ދިވެހި ސުމޭކާއި ދިވެހި ފަންނުގެ ދާއިރާ އެވެ.
މިއަދު އިފްތިތާޙު ކުރެއްވި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލުގެ އިސްވާރުންނަކީ ދިވެހި ބަހުގެ އިސްވާރު މަރްޔަމް ތައުފީޤާއި ދިވެހި ތާރީހުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަހުމަދު ޝާކިރާއި ދިވެހި ތަރިކައިގެ އިސްވާރު ޙަސަން ޒަރީރާއި ދިވެހި ސުމޭކުގެ އިސްވާރު މުޙައްމަދު ޢަބްދުލްޤާދިރާއި ދިވެހި ފަންނުގެ އިސްވާރު މަރްޔަމް އިޝާ ޢަޒީޒެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ޤައުމިއްޔަތު އިސްވަރު ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަން ހަވާލުކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު