މާކަނޑު ހިމާޔަތްކުރުމާ ބެހޭ އދ.ގެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

މިއީ ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ކަނޑުގެެ ސަރަހައްދުތައް ބޭނުން ހިފޭނެ ގޮތް މަގުފަހިކުރުމަށް އދ. އިން އެކުލަވާލައިފައިވާ މުއާހަދާ، ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) އެވެ.

އެ މުއާހަދާގައި ސޮއިކުރިކަން ހާމަކުރެއްވި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ތޯރިގު އިބްރާހިމް ވިދާޅުވީ އެ މުއާހަދާގައި ސޮއިކުރެއްވީ މިއަދު ކަމަށެވެ. އަދި މުއާހަދާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ފޮޓޯއެއް ވެސް އޭނާ ހިއްސާ ކުރެއްވި އެވެ.

އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ތޯރިގު ވިދާޅުވީ އެ މުއާހަދާގައި ސޮއިކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމަށް އެޅުނު ތާރީހީ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ މުއާހަދާގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މޭ މަހު އޮތީ ރުހުންވެސް ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން