މިއަދު ފާހަގަކުރާ ގައުމީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތައުރީފްކުރެއްވުމުން އެނގެނީ ޑިމޮކްްރަސީ ތަަސައްރަފް ފުދެމުންދާކަން ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މައުމޫން ކުރެއްވި ތައުރީފުގެ ބަސްފުޅަށް އިޝާރާތްކުރައްވައި އެކްސްގައި އޭނާ ވިދާޅުވީ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ތައުރީފުގެ ބަސްފުޅެއް ވިދާޅުވުމަކީ އަދި އެކަން ބަލައިގަނެ ޝުކުރު އަދާކުރެއްވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

އަދި އޭގެން ޑިމޮކްރަސީއަށް އަންނަމުންދާ ބަދަލުތައް ހާމަވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މަޑުމަޑުން ރާއްޖޭގެ ޑިމޮކްރަސީ ތަސައްރަފް ފުދެމުން އަންނަކަން ދޭހެވާކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ގައުމިއްޔަތަށް ވަރަަށް ބޮޑަށް އަލިއަޅުވާލައްވައިފައެވެ.

އަދި ގައުމަށް ވަފާތެރި ދަރީން ބިނާކުރަން މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭކަމަށް ރައީސް މުޢިއްޒު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން