ދިވެހިރާއްޖެއަށް އާދަޔާ ޚިލާފަށް ގިނައިން ދަތުރުކުރާ އިންޑިއާ ރައްޔިތެއް މަނީ ލޯންޑަރިންގގެ ތުހުމަތުގައި ހައްޔަރުކުރެވިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނީ ރަގޫބް ނިސްތާރު ހަލީމް ރަހުމާން ނަމަކަށް ކިޔާ 27 އަހަރުގެ ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ ދަތުރުފަތުރުގެ ތަފްސީލުތަކަށް ބަލާއިރު، ގިނަ ފަހަރު ރާއްޖެއަށް އައުމަށްފަހު ޖެހިގެން އަންނަ ދުވަހު ފުރާކަން ފާހަގަކުރެވިފައިވެއެވެ.
އޭނާ މިފަހަރު ހައްޔަރުކުރެވުނީ ގިނަ އަދަދެއްގެ ޑޮލަރާ އެކުގައެވެ. ނަމަވެސް، މި ފައިސާ ހޯދި ގޮތުގެ މަޢުލޫމާތު އޭނާއަށް ދެވިފައިނުވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، މި ޑޮލަރުތަކަކީ އެހެން ފަރާތަކުން އޭނާއާ ހަވާލުކުރި ފައިސާކަން ދަލީލުކޮށްދޭ ލިޔެކިޔުންތަކެއް ފެނިފައިވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އަދި އޭނާގެ ޕާސްޕޯޓަށް ބަދަލު ގެނެސްފައިވާކަމާއި، އެހެނިހެން ޝައްކުވާ ފަދަ ކަންތައްތަކެއް އޭނާގެ ކިބައިން ފެންނަކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި ސަބަބުތަކަށް ބިނާކޮށް، މަނީ ލޯންޑަރިންގގެ ތުހުމަތުގައި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު