ވެމްކޯއިން އަލަށް އިތުރުކުރި ހިދުމަތެއް ކަމަށްވާ އެކި ތަންތަނަށް ގޮސް ފޮޅާ ސާފުކުރުމުގެ ހިދުމަތުން ފުރަތަމަ ސްޓޭޖުގައި އެކަނިވެސް ހަތް މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މުޖުތަބާ ވިދާޅުވީ ފޮޅާ ސާފުކުރުމުގެ ހިދުމަތް އަދި ދެމުންދަނީ ސަރުކާރުގެ ހަ ތަނަކަށް ކަމަށެވެ.

އެހެން ނަމަވެސް އެ ހިދުމަތް ފުޅާކޮށް ކުރިއަށް އޮތް ދެ މަހު އިތުރު 10 ކުންފުންޏަކަށް އެޚިދުމަތް ދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ސަބަބުން ވެމްކޯގެ އާމްދަނީއަށް ވެސް ހެޔޮ އަސަރެއް ކުރާނެ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

އެގޮތުން ފުރަތަމަ ސްޓޭޖުގައި ހަތް މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮޅާ ސާފުކުުރުމުގެ ހިދުމަތް ވެމްކޯއިން ފެށުމުން ސަރުކާރުން އާދައިގެ ވިޔަފާރިތަކަށް ވެސް ވަންނަނީ ކަމަށް ބުނެ ފާޑު ކިއުންތައް އަމާޒުވެފައިވާ އިރު ވެމްކޯގެ އެމްޑީ ވިދާޅުވީ އެ ހިދުމަތް ޕްރައިވެޓް ކުންފުނިތަކުން ދޭ މިންވަރަށް ވުރެ މާ ރަނގަޅަށް ވެމްކޯއަށް ދެވޭނެ ކަމަށެވެ.

އަދި ގިނަ ފަހަރު ޕްރައިވެޓް ކުންފުނިތަކުން އެ ހިދުމަތް ދެނީ ބިޑްކޮށްގެން ކުޑަކުޑަ އަގެއް ޖަހައިގެން ކަމަށާއި ރަނގަޅު އާމްދަނީއެއްވެސް އެމަސައްކަތުން ނުލިބޭ ކަމަށެވެ.

އެކަމަކު ވެމްކޯއިން އެ މަސައްކަތް ކުރަނީ ރަނގަޅު ހިދުމަތެއް ދިނުމުގެ ގޮތުން ކޮލިޓީ ފެންވަރުގައި ސުޕަވައިޒަރުން ލައްވައި ރަނގަޅަށް ސުޕަވައިޒްކޮށް އެންމެ ފެންވަރު ރަނގަޅު އާލާތްތައް ވެސް ބޭނުންކޮށްގެން ކަމަށެވެ.

އެއާއެކު ފުދޭ ވަރެއްގެ ބޮޑު އާމްދަނީއެއް ވެމްކޯއަށް އެކަމުން އިތުރަށް ވެއްދޭނެ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.

ހަމަ އެހެންމެ އެ މަސައްކަތަށް ބޮޑަށް ނަގާނީވެސް ދިވެހީން ކަމަށް އެމްޑީ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން