ސާޖިދާ ބޭބެ ޝައިޚް ޢަބްދުﷲ---
ސާޖިދާ ބޭބެ ޝައިޚް ޢަބްދުﷲ---
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ނިންމާލުމަށްފަހު ރައީސްގެ ދެކަނބަލުންނާ ޖަލީސުން ސަލާންކުރަމުންދިޔަ ވަގުތު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާ ބައެއް ފިރިހެނުން ސަލާންނުކުރުމުން ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ސާޖިދާގެ ބޭބެ އަދި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ރައްދު ދެއްވައިފިއެވެ.

ރައީސް މައުމޫން އެކްސްގައި އިއްޔެ ވިދާޅުވީ ބައެއް ފިރިހެނުން ސާޖިދާއާ ސަލާންނުކުރެއްވުމުން ދެރަފުޅުވި ކަމަށެވެ.

މައުމޫންގެ ޕޯސްޓާ ގުޅިގެން ހަމަ އެކްސްގައި ސާޖިދާގެ ބޭބެ ޝައިޚް ޢަބްދުﷲ ރައްދު ދެއްވައި ވިދާޅުވީ ހިލޭ ފިރިހެނުން ކުރިމަތީގައި މުއުމިނު އަންހެންތަކުންގެ ޒީނަތްތެރިކަން ފާޅުނުކުރުމަށް މާތް ﷲ ކީރިތި ޤުރުއާނުގައި ސާފުކޮށް އަންގަވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޢަރަބި ބަސް ދަންނަ އެތައްބަޔަކު އެ ޙުކުމަށް ބޯނުލަބާންވެގެން، ބިންމަތީގައި ބޮޑާވެގަންނަނީ ކީއްވެގެންބާއޭ ހިތަށް އަރާކަމަށް ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ ވެސް މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ދީނީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ފުންނާބު އުސް ދީނީ ޢިލްމްވެެރިއަކަށްވާ އިރު ފިރިހެނުންނާއި އަންހެނުން ސަލާމްކުރުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ވެސް ވިދާޅުވިއެވެ.

އެެހެން ނަމަވެސް އެކަމުގައި ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން މައުމޫންގެ ރައުޔާ ޚިލާފެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން