ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު---
ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު---
ގައުމިއްޔަތަކީ އިސްލާމީ ހަޟާރަތާއި ފުށުއަރާ ފަލްސަފާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ގައުމިއްޔަތަށް ދޭ އަހައްމިއްޔަތުކަން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ގައުމީ ދުވަހާ ގުޅިގެން އިއްޔެ ބޭއްވި ހާއްސަ ހަފްލާގައި ވަނީ ފުރަތަމަ ފަަހަރަށް ގައުމިއްޔަތުގެ ޝަރަފްވެރިކަމުގެ އިނާމުވެސް ދީފަ އެވެ. އަދި ސްކޫލުތަކުގައި ވެސް ހާއްސަ މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ވަނީ ފަށާފަ އެވެ.

މި ސަރުކާރުގެ ގައުމިއްޔަތާ ގުޅޭ ސިޔާސަތާބެހޭ ގޮތުން އިދިކޮޅު އެމްޑީޕީން ވެސް ޝައްކުގެ ނަޒަރަކުން ބަލަމުންދާ އިރު ސަވާދު އެކްސްގައި ވިދާޅުވީ ގައުމިއްޔަކީ "ވަންހަވަންތަ" ގަބީލީ ޖަޒުބާތެއް ކަމަށެވެ.

އަދި އެ ފިކުރަކީ ދުނިޔޭގެ ޙަޟާރަތުގައި ހުޅަނގު ޔޫރަޕުގެ ތާރީހީ ހާދިސާއެއްގެ ތެރެއިން އުފަންވި ފިކުރެއް ކަމަށާއި "މަވަންތަކަން" އިސްކޮށް ވަތަނީ ޖަޒުބާތު ނޫންއެއްޗެއް ކުރިއަށް ނުނެރޭ ކަމީ ހަގީގަތެއް ކަމަށެވެ.

"ގައުމިއްޔަތަކީ އިސްލާމީ ހަޟާރަތާއި ފުށުއަރާ ފަލްސަފާއެއް. މުސްލިމުންގެ އުހުއްވަތްތެރިކަމުގެ އުންމަތް ބައިބައިކޮށް ހަލާކުކޮށް އެމައްޗަށް ވަކި ނަސްލެއް، ބަހެއް، ތާރީޚެއް ނުވަތަ ސަގާފަތަކަށް ނިސްބަތްވާ ބަޔަކު ކުރިއަރުވާ ފިރުގާއެއް." ސަވާދު ވިދާޅުވި އެވެ.

ސަވާދު އިތުރަށް ވިދާޅުވީ ފަހުގެ ތާރީހުގައި ގައުމިއްޔަތަކީ ވަކި ބައެއްގެ ސިޔާސީ ބާރުވެރިކަމުގައި މީސްތަކުން ގައިދުކުރަން ބޭނުންކުރި "ދެބޯގެރި" ޕްރޮޕަގެންޑާއެއް ކަމަށެވެ. އަދި ގައުމިއްޔަތުގެ އާހިރު މަންޒިލަކީ ތަފާތު ފިކުރުގެ މުއްސަދިކަން ނައްތާލާ، ދޭސީ ބިދޭސީ ފަރަގު އިސްކޮށް މީސްތަކުން ވަޖުދުކޮށް ބައިބައިކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން