އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންކުރާ ޓަގް ބޯޓެއް
އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންކުރާ ޓަގް ބޯޓެއް
ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގައި ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތަށް އެސްޓީއޯއިން ގެންނަ ދެ ބޯޓު މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ.

ޝިމާދު ވިދާޅުވީ އެބޯޓުތައް ރާއްޖެ އައުމުން މިމަހުގެ 11 ނުވަތަ 12 ގައި އިހަވަންދިއްޕޮޅަށް ބޯޓުތައް ގެންގޮސް ބަންކަރިންގެ ޚިދުމަތް ފެށޭނެ ކަމަށެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ގުޅިގެންނެވެ.

“ގާތްގަނޑަކަށް ކޮންމެ ބޯޓެއްގައި 4000 ޓަނުގެ ފިއުލް. އަޅުގަނޑުމެން މި ފަށައިގަންނަނީ އެންމެ ބޮޑެތި ސައިޒަކުންނެއް ނޫން.” ޝިމާހް ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެފައިވަނީ މި މަސައްކަތް ފެށުމަށްޓަކައި އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓްގެ ނަމުގައި ޚާއްސަ ފެސިލިޓީއެއް މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ހއ. އުލިގަމުގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެތަނުގައި އެސްޓީއޯ، ކަސްޓަމްސް، އިމިގްރޭޝަން އަދި ޕޯޓް ހެލްތުގެ ޚިދުމަތް ޤާއިމް ކުރެވިގެންދާނެ ކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފައެވެ.

“އެއްވެސް ކަހަލަ ޚިދުމަތެއް ބޯޓަކަށް ބޭނުންވެއްޖެނަމަ އެ ޚިދުމަތެއް ފޯރުކޮށްދެވޭގޮތައް އެމްޕީއެލް އޮތީ ތައްޔާރަށް.” ވަޖީހު ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ޚިދުމަތް ފެށުމާ ގުޅިގެން، އުތުރު މެރިޓައިމް ސާވިސަސްގެ ނަމުގައި ޚާއްޞަ ވެބްސައިޓެއް މިހާރު ވަނީ ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ކުރިޔާލައި ޚިދުމަތަށް ބުކިންގ ހެދުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ހއ. އުލިގަމުގައި ބަންކަރިންގެ ޚިދުމަތް ދޭން ފެށުމުން 400 މިލިއަން ޑޮލަރުގެ ރެވެނިއު ޖެނެރޭޓް ކުރެވޭނެ ކަމަށާއި މިތަނުން ބަންކަރިންގެ ޚިދުމަތުގެ އިތުރަށް ކުރޫޒް ޓާމިނަލް، ޕައިލެޓޭޖް ފަދަ ޚިދުމަތްތައް ލިބި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން