ޝާދިޔާ އާއި ޝަޒްރާ
ޝާދިޔާ އާއި ޝަޒްރާ
ހައްދުފަހަނަ އަޅާފައިވާ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ސަޢޫދީ އެބްސީ ކައިރީގައި އިޙްތިޖާޖުކުރި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

އެ ދެ އަންހެނުން ހައްޔަރުކުރީ އޯގަސްޓް 28 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ދެފަހަރެއްގެ މަތިން އެމީހުންގެ ބަންދު މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށް އެ ދެ އަންހެނުން މިއަދު ދޫކޮށްލީ ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.

މިދެމީހުންގެ ތެރެއިން ޝާދިޔާއަކީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ އެ ދެ މީހުން ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމީހުން ސައޫދީ ސަފީރުގެ އޮފީސްދޮށަށް ގޮސް އަޑުގަދަކޮށް އޮފީސް އިމާރާތް ތެރެއަށް ކުނިއަޅާ ހެދިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން