އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕެއްގެ ތެރެއިން
އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕެއްގެ ތެރެއިން
ލޮލުރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ލޮލުރޯގާ އަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އާއި، ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށެވެ.

އަދި މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ލޯ ހިރުވުމާއި ލޮލުން ފެން އައުމާއި ލޮލުގައި މަޑު ހެދުމާއި ލޯ ރަތްވުން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ ލޮލުރޯގާއިން ރައްކާތެެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުމާއި، އާންމުކޮށް އަތްލައި ތަކެއްޗާއި ތަންތަން ސާފުކުރުމާއި، ލޮލުގައި އަތްލުމާއި އަތް އުނގުޅުމުން ދުރުހެލިވުމާއި، ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނޭ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުންކުރުމަކީވެސް ލޮލުރޯގާ ޖެހުމަށް މަގުފަހިވެދާނެ ސަބަބެއް ކަމަށެވެ.

ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިފައިވާކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން