ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިއާ ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިއެވެ.

ކޯރ ހުއާން ބޫ އާއި އެން ޖީ ތަމް ލިޕް ނަމަކަށް ކިޔާ މެލޭޝިއާ ދެ މީހުން ކަސްޓަމްސްއިން އަތުލައިގަތީ ޖުލައި މަހު ފަހުކޮޅުއެވެ. އެމީހުން އަތުލައިގަތީ 15 ކިލޯގެ ކެނަބިސްއާއެކު އެވެ.

އެ ދެމީހުންގެ ބަންދުގެ މުއްދަތު މީގެ ކުރިންވެސް އިތުރުކޮށްފައި ވެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ކަސްޓަމްސް އޮފިސަރާއި ފުލުހުންގެ ބަޔާނާއި އަދި މޮބައިލް ފޮރެންސިކް ރިޕޯޓާއި ތަހުލީލަށް ބަލާލާއިރު އެ ދެ މީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުށަހަޅާފައި ވެއެވެ.

އަދި އެ ދެމީހުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ އެ ދެ މީހުން އިތުރު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން