ފިނޭސް މިނިސްޓްރީ
ފިނޭސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީން ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ހުލާސާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފިއެވެ.

އެމައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާައިރުކުރަން ފަށާފައިވަނީ މިދިޔަ ހަފުތާ އިން ފެށިގެންނެވެ.ފިނޭންސް މިނިސްޓްރީން ބުނީ ބީލަމަށް ކުރިމަތިލާ ފަރާތްތަކާއި އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް ވެބްސައިޓުގައި ޝާއިރު ކުރެވިފައި ހުންނާނެ ކަމަށެވެ. އޭގެ އިތުރުން އެފަރާތެއް އިވެލުއޭޝަނުން ފާސްވެފައިވާ ކަން ނުވަތަ ނުވާކަން އަދި ބީލަން ކާމިޔާބުނުވި ފަރާތުގެ އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާ ވެސް ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގާއި މުއްދަތު ހިމެނޭހެން އެނގެން ހުންނާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ހުއްދަދިން ފަރާތުގެ މައުލޫމާތުގެ އިތުރުން ހުއްދަދިން ދުވަހުގެ މައުލޫމާތުވެސް ހިމަނާފައި ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. ހަމައެކަނި މިއަހަރު ކުރިއަށް ގެންދިޔަ އިވެލުއޭޝަންގެ ހުލާސާ މިވަގުތު ވެބްސައިޓުގައި ހުރި ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވަރަށް އަވަހަށް ވެބްސައިޓްގައި ޝާއިއުކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން