އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތައް ފެށުމަށްޓަކައި އެކަމަށް މުވައްޒަފުން ތަމްރީނުކޮށް ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޖީހް ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެން ގިނަ ހިދުމަތްތަކެއް ދޭގޮތަށް ތަރައްގީކުރާ އުތުރު މެރިޓައިމް ފެސިލިޓީގެ އެންމެފަހުގެ އަދާހަމަ ހާމަކުރައްވަމުން ވަޖީހު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކާގޯ ބޯޓު ފަހަރަށް ފޯރު ކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު 14 ހިދުމަތެއް އެތަނުގައި ލިބެން ހުންނާނެކަމަށެވެ.

އެހެންކަމުން އެތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ވާނެތީ އެތަނަށް ބޭނުންވާނެ މުވައްޒަފުންނާއި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތަމްރީނުތައް ނިމި ހިދުމަތް ފެށުމުން، ކައިރި މުސްތަގުބަލެއްގައި އިގުތިސާދަށް ހެޔޮ މަންފާތަކެއް ކުރަން ފަށާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން