އަހަރުމެންނަށް ނޭނގި ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކު ކުރެވޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ އިންސާނާ ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ބޭނުންވާ އެންމެހައި ކަމެއް ފުރިހަމަ ކޮށްދެއްވި މާތް ﷲއަށް ޝަރީކު ކުރުން ކަމަށެވެ. ނޫންނަމަ އެކަލާނގެއާ، އެކަލާނގެ މަހުލޫގުންނާ ހަމަހަމަކޮށް ނުވަތަ އަޅުކަމުގައި ބައިވެރިކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ޝިރުކު ކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަންކުރުން ނޫން ކަމަށާއި އަދި އެ ނޫން ވެސް އެ ފަދަ ތަކެއްޗަށް ސަޖިދަކުރުން އެކަނިވެސް ނޫން ކަމަށެވެ.
"އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކުކުރެވެއެވެ. [އަދި ރަސޫލާގެ] ހަދީސުން މި ކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. " ހުތުބާގައި ބުނެފައި ވެއެވެ.
އެގޮތުން ހަދީސަކާއި ހަވާލާދީ ހުތުބާގައި ބުނީ ނަސާރައިންގެ ތެރެއިން ފާދިރީންނަކީ ﷲ ފިޔަވައި އިލާހުންކަމުގައި ބަޔަކު ހެދި ކަމަށެވެ. އެހެން ނަމަވެސް އެފަދައިން ކީރިތި ރަސޫލާ ހަދީސް ކުރެއްވުމުން އެ މީހުން އެކަން ދޮގުކޮށް ފާދިރީންނަށް އަޅުކަން ނުކުރާ ކަމަށް ބުނި ކަމަށެވެ.
އެހެން ނަމަވެސް ކީރިތި ރަސޫލާ އެމީހުންގެ ވާހަކަތަކަށް ރައްދު ދެއްވެވި ކަމަށާއި އަދި އެ ފާދިރީން ކުރެއްވި ކަމަކީ ﷲ ހަރާމް ކުރެއްވި ކަންކަން ހަލާލުކޮށް ހަލާލުކަންކަން ހަރާމު ކުރުން ކަމަށް ރަސޫލާ ހަދީސް ކުރެއްވިކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަދި އޭގެ ފަހުން މީސްތަކުން ވެސް އެގޮތަށް އެކަންކަން ބަލައިގަންނަ ކަމަށާއި މިއީ އެ ފާދިރީންނަށް އަޅުކަން ކުރުން ކަމަށް ރަސޫލާ ހަދީސް ކުރެއްވި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު