އަހުޒަމް އަޙްމަދު   6 ސެޕްޓެމްބަރު 2024 - 11:55
ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢުގެ ބައްޕަ ޢަބްދުއްސަލާމް ޢަލީ ނިޔާވެއްޖެއެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ސީޕީ ޝުޖާޢުގެ ބައްޕަ ނިޔާވީ މިއަދު ހެނދުނު މާލޭގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ސީޕީ ޝުޖާޢުގެ ބައްޕަ ނިޔާވުމާ ގުޅިގެން އެކި ފަރާތްތަކުން ޝުޖާޢު ދަނީ ތައުޒިޔާ ކިޔަމުންނެވެ.

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ، ހއ.ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި، ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

"މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. މާތްﷲގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ ލަހައްޓަވާށިއެވެ." ރައީސް އިިތުރަށް ލިޔުއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން