ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސް ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ކަމަށެވެ. ވިސާމް ހައްޔަރުކޮށް ބަންދާއި މެދު ގޮތެެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ބުނިގޮތުގައި ސައިކަލު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެެއް ނެތެވެ.

ހުޅުމާލޭގެ އުރީދޫ ފިހާރަ ކުރިމަތީގައި ހިނގި މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން