ޑޮލަރު ވިއްކާ ކަމަށް ބުނެ މީސް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ސްކޭމްތައް ހިންގަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދެފިއެވެ.

ފުލުހުން ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ، މީސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާ ކަމަށެވެ. ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި، އިތުބާރު ހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އެޅޭނެ މުހިންމު ފިޔަވަޅުތައް ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރަކަށް އައިސް ސްކޭމުގެ ގިނަ މައްސަލަތައް ގިނަވަމުންދާތީ ފުލުހުން ދަނީ އެކަމަށް ސަމާލުވެ ތިބުމަށް އަންގާ ރައްޔިތުން ހޭލުންތެރި ކުރުމަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެގޮތުން ފޯނަށް ލިބޭ އޯޓީޕީ، އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި ފައިސާ ފޮނުވުމުގައި ވެސް ވެރިފަރާތް ވެރިފައި ކުރުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށް ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން