ފަހަކަށް އައިސް ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެން ސްޕޯޓްސް ކާރުތައް ކުށްވެރިކުރަމުންދާތީ ޑްރިފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފައެވެ. ސްޕޯޓްސް ކާރަކުން ޖެހި ހިނގި އެ އެކްސިޑެންޓްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23އ، އެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ސްޕޯޓްސް ކާރުތައް މަނާކުރަން ވަނީ ގޮވާލާފައެވެެ.
އެކްސިޑެންޓާއި ގުޅިގެން ޑްރިފްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާރު ސްޕީޑުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލާ ކާރާއި ސައިކަލު ދުއްވުމަކީ އެ އެސޯސިއޭޝަނުން އަބަދުވެސް ކުށްވެރިކުރާ އަމަލެއް ކަމަށެވެ. އަދި މިގޮތަށް ގާނޫނާ ޚިލާފަށް ދުއްވާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ އެ ޖަމިއްޔާއިން އަބަދުވެސް ގޮވާލާ ކަމެއް ކަމުގައި ވެސް ބުނެފައި ވެއެވެ. ނަމަވެސް ފަހަކަށް އައިސް އެކްސިޑެންޓްތަކުގައި ސްޕޯޓްސް ކާރުތައް ބަދުނާމު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ޑްރިފްޓް އެސޯސިއޭޝަނުން ބުނީ މައްސަލައަކީ ކުށްކުރާ ފަރާތްތައް ކަމަށާއި ސްޕޯޓްސް ކާރުތައް ނޫން ކަމަށެވެ. ކުށްކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުލިިބި މުޖުތަމައަށް ދޫވަމުންދާތީ އެ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކޮށްގެން އަދި ލައިސެންސް ނެތި އުޅަނދުފަހަރު މަގުމަތީގައި ބިރެއް ނެތި އުޅެން ފެށުމަކީ މިކަހަލަ އެކްސިޑެންޓްތައް ގިނަވެގެންދާ އެންމެ ބޮޑު ސަބަބުކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން ވީހާވެސް ހަރުކަށި ފިޔަވަޅުތައް ކުށްކުރާ މީހުންނަށް އެޅި މުޖުތަމައުގެ ތެރެއަށް އަނބުރާ ދޫކޮށްލުމުގެ ކުރިން އެ މީހުންނަކީ މުޖުތަމައުގައި އުޅެން އެކަށީގެންވާ ބައެއް ކަމުގައި ޔަގީންކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.
ރޭ ހިނގި އެކްސިޑެންޓާއި ގުޅިގެން ބާރަށް ދުއްވުމުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ އަންގަވާފައެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު އަންގަވައިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު