މާލޭގައި މަގުމަތީހުރި ފިރިހެނަކު ގެސްޓްހައުސްއަކަށް ގެންގޮސް ބިރުދައްކައި ފޭރުނު މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި އޭނާ ކޮޓަރިއަކަށް ދިޔުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަމަގުގައި ހުންނަ ގެސްޓްހައުސްއަކަށް ފިރިހެން މީހާ ގެންގޮސް، އޭނާ ރަހީނުކުރި މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އަންހެންމީހާ ވަނީ، އެ ފިރިހެން މީހާގެ އަތުގައިއޮތް ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓްގައި ހުރި 53،000 ރުފިޔާ ފޭރިފައި ކަމަށެވެ.
މި މައްސަލާގައި ޝާމިލުވާ އަންހެންމީހާ ހައްޔަރު ކޮށްފައިވާއިރު އެ އަމަލު ހިންގުމުގައި އިތުރު ފިރިހެނަކު ވެސް ބައިވެރިވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފިރިހެން މީހާ ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލާގައި ހައްޔަރުކުރި އަންހެންމީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު