ޝާން މުހައްމަދު   6 ސެޕްޓެމްބަރު 2024 - 21:32
އެހެން ރޭތަކާ ހިލާފަށް މިރޭ ވަރަށް ރީއްޗަށް ސެޓާން ޕްލެނެޓް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިރޭ، އިރުގެ ޢާއިލާގެ ދެވަނައަށް އެންމެ ބޮޑު ޕްލެނެޓް ޒުޙަލް ނުވަތަ އިނގިރޭސި ނަމުންނަމަ ސެޓަން ވަރަށް ރީތިކޮށް ފެންނާނެ އެވެ. މި ޕްލެނެޓް މިރޭ 20:14 ގައި އަރާފައިވާއިރު މި ޕްލެނެޓް އޮއްސޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 06:37 ގައެވެ.

މިރޭ ގާތްގަނޑަކަށް 10 ގަޑިއިރާއި 23 މިނެޓު ވަންދެން ސެޓަން ޕްލެނެޓް އުޑުމަތީގައި ވަރަށް އަލިގަދަކޮށް ރީއްޗަށް ފެންނަން ހުންނާނެއެވެ.

ސެޓާން ނުވަތަ ޒުޙަލް ޕްލެނެޓަކީ އިރުގެ އާއިލާގެ ހަވަނަ ޕްލެނެޓެވެ. އަދި މުޝްތަރީ ޕްލެނެޓަށްފަހު ދެވަނައަށް އެންމެ ބޮޑު ޕްލެނެޓަކީ ސެޓާން ކަމަށް ވާއިރު މި ޕްލެނެޓް ފާހަގަކޮށްލެވެނީ އޭގެ ވަށައިގެން ހުންނަ ރިންގުތަކުންނެވެ.

ސެޓާން ބަލަން މިރޭ ބައިނޮކިއުލާސް ބޭނުން ކުރިއަސް އެ ޕްލެނެޓްގެ ހިތްގައިމުކަން ރީއްޗަށް ފެންނާނެއެވެ. މިކަން ކުރަން އެންމެ ބުއްދިވެރި ގޮތަކީ މުޅިން އަނދިރި ހިސާބަކަށް ގޮސް މިކަން ކުރުމެވެ. ނަމަވެސް އެހެން މަސްމަހުގައި ސެޓާން ފެންނާނީ އެންޓޭރީސް، ސްކޯޕިއަސް ކޮންސްޓެލޭޝަން ގައި ފެންނަ އެންމެ އަލިގަދަ ތަރިއާ ކައިރިން ކަމަށް ވުމުން އޭގެ ރީތިކަން ވަކީން ނުފެނިދާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން