ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ރާއްޖެއިން ކޯވިޑް-19 އާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ މީހުންގެ ޢަދަދު 152 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 152 އަށް އަރާފައި ކަމަށެވެ.

މިއަދު ރާއްޖެއިން އަލަށް ބަލި ޖެހިފައިވަނީ 146 މީހުންނަށެވެ. އެއާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6225 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 165 ދުވަސް ވެފައިވާއިރު ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 144 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ ދެ މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަނގްލަދޭޝްގެ 21 މީހަކާއި އިންޑިއާ 2 މީހުންނާއި ސްރީލަންކާގެ 5 މީހުންގެ އިތުރުން ފިލިޕީންސް މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 140 މީހަކު ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 3788 އަށް އިތުރުވެފައެވެ.

މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2413 ގައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 99300 ސާމްޕަލް ވަނީ ނަގާފައެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 1390 މީހުންނެވެ. އެޗްޕީއޭއިން ބުނީ 12 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 7 ފަތުރުވެރިންނާއި 13 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. މިވަގުތު ކޮވިޑް ކޭސް ތަކެއް ފެނުމާއި ގުޅިގެން 20 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 24 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން