ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑުތަކަކުން ދެފަހަރަށް ފައިސާ ކެނޑިފައި ވަނީ އޮޅުމަކުން ކަމަށާއި މައްސަލަ ހައްލު ކުރަމުން ގެންދާ ކަމަށް އެބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ޑެޕިޓް ކާޑުތަކުން ބައެއް ޕޭމަންޓްތައް ދެފަހަރަށް ކަނޑާފައިވާތަން ފެންނަ ސްކްރީން ޝޮޓްތަކެއް މިރޭ ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ.
ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބައެއް ކަސްޓަމަރުންގެ ޓްރާންސެކްޝަންތައް ދެފަހަރަށް ކެނޑިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދެފަހަރަށް ފައިސާ ކެނޑެން މެދުވެރިވި ސަބަބު ދެނެގަނެ އެކަން ހައްލު ކުރަމުންދާ ކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.

ބީއެމްއެލް އިން ވަނީ މިފަދަ ކަމެއް ދިމާވުމުން މާފަށް އެދިފައެވެ.
ދެފަހަރަށް ފައިސާ ކެނޑިފައި ވަނީ ސްރީލަންކާގައި ބޭނުން ކުރި ބީއެމްއެލް ޑެޕިޓް ކާޑުތަކަކުންކަމަށް މީސް މީޑިއާގައި ދައުރުވަމުންދާ މެސެޖްތަކެއްގައި ބުނެފައި ވެއެވެ. ނަމަވެސް ބީއެމްއެލް އިން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު