ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް (ކ)
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް (ކ)
ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ރާއްޖޭގެ ފަނޑިޔާރުގެއަށް ނިސްބަތްކޮށްވސީރިއަސް ތުހުމަތެއް ކުރައްވައިފިއެވެ.

ޑރ. އިޔާޟް މިފަދަ ތުހުމަތެއް ފަނޑިޔާރުންނަށް ކޮށްފައިވަނީ ފުލުހުންގެ ގާނޫނުގައި އެ ޚިދުމަތް ހިންގާނެގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު ގާނޫނަށް ބެލުމެއް ނެތި ވަޒީރު އިޙްސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އެމްޑީޕީން ކޮށްފައިވާ ތުހުމަތަށް ބާރު ދެއްވައި މީސްމީޑީއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ޑރ. އިޔާޟް ވިދާޅުވެފައިވަނީ ކޯޓުތަކުގައި މުއްދަތު ޖަހަން އިންނަ ޤާޟީވެސް އިންނަވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ މުށުތެރޭގައި ކަމަށެވެ. އަދި ވަޒީރު އިޙްސާންގެ އޯޑަރަށް ނޫނީ ފަނޑިޔާރުންނަށް ރަބަރ ސްޓޭމްޕް ނުޖެހޭ ކަމަށް ޑރ. އިޔާޟް ތުހުމަތުކުރައްވާފައިވެއެވެ.

“ފުލުހުންނަށް އެކަންޏެއް ނޫން. މުއްދަތު ޖަހަން އިންނަ ޤާޟީވެސް އިންނަވަނީ ހޯމް މިނިސްޓަރުގެ މުށުތެރެއަށް ލައި ފިއްތާލާފައި. އެމަނިކުފާނު އޯޑަރ ދެއްވިގޮތަކަށް ނޫނީ ރަބަރ ސްޓޭމްޕް ނުޖެހޭ.” ޑރ. އިޔާޟް ލިޔުއްވާފައިވެއެވެ.

ޑރ. އިޔާޟް މިފަދަ ސީރިއަސް ތުހުމަތެއް ރާއްޖޭގެ ފަނޑިޔާރުންނަށް ކުރައްވާފައިވާއިރު ސައުދީ ސަފީރުގެ އޮފީސްދޮށަށް ގޮސް އަޑުގަދަކޮށް އެ އިމާރާތުގެ ތެރެއަށް ކުނިއެޅުމުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުން ވަނީ ޑރ. އިޔާޟްގެ އަނބިކަނބަލުން ހައްޔަރުކޮށްފައެވެ.

އަދި އެ މައްސަލާގައި ޑރ. އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން ފަނޑިޔާރުގެއިން އިތުރުކޮށްދީފައިވެއެވެ.

ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު ފަނޑިޔާރުގެއިން ވަނީ މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށް ޑރ. އިޔާޟްގެ އަނބިކަނބަލުން މިނިވަންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން