ނައިބުރައީސް ޙުސައިން މުޙައްމަދު ލަތީފް (މ)
ނައިބުރައީސް ޙުސައިން މުޙައްމަދު ލަތީފް (މ)
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ށ. މާއުނގޫދޫއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅަކީ އެ ރަށުގައި ކުރިއަށް ގެންދާ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ.

އެގޮތުން ގައުމީ ދުވަސް ފާހަގަކުރުމަށް އަތޮޅު ފެންވަރުގައި ބާއްވާ ރަސްމީ ހަރަކާތުގައި ނައިބުރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.



ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން