ތަމްރީނަކަށް ދިވެހި ސަރުކާރުގެ އެކި އިދާރާތަކުގެ 30 މުވައްޒަފަކު އިންޑިއާއަށް ފުރައިފިއެވެ.

އަވައްޓެރި އިންޑިޔާއަށް މި ތަމްރީނު ޕްރޮގްރާމަށް ފުރާފައި ވަނީ ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ޓީމެކެވެ. މިއީ ދިވެހި ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ)އާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 33 ވަނަ ބެޗްގެ ބައިވެރިންނެވެ.

ސީއެސްސީ އިން ބުނީ "ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި ދެ ހަފްތާގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކިއެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނުމާއެކު އިންޑިއާގެ ސިވިލް ސަރވިސްގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުން ވެސް ހިމެނޭ ކަމަށެވެ.

އިންޑިޔާގައި ކުރިޔަށްދާ މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުންނެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކަނޑައެޅޭ ޚާއްސަ ދާއިރާތަކުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށާއި ހުނަރު ކުރިއެރުވުމަށް އެންސީޖީޖީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސިވިސް ސާވިސް ކޮމިޝަނުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން