ދަރީންނަށް ޤައުމުދެކެ ފަޚުރުވެރިވާން ދަސްކޮށްދެވިއްޖެނަމަ އަމިއްލަވަންތަ މިނިވަން ދިވެހިރާއްޖެއެއް ބިނާކުރެވޭނެ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދަރީންނަށް ޤައުމުދެކެ ފަޚުރުވެރިވާން ދަސްކޮށްދެވިއްޖެނަމަ އަމިއްލަވަންތަ މިނިވަން ދިވެހިރާއްޖެއެއް ބިނާކުރެވޭނެ ކަމަށާއި ޒަމާނުގެ ކުރިއެރުމާ ފައިހަމަވާނެ ވަސީލަތްތަކުގެ ބޭނުން ހިފައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ޤައުމީ ބަޠަލުންގެ ގޭމްތައް، ކާޓޫން ފިލްމުތައް، ވާހަކަފޮތާ ކޮމިކް ފޮތްތައް، ޑްރާމާ ސީރީޒްތައް، ކުޅިވަރުކުޅޭ ސާމާނު އުފައްދަން ޖެހޭ ކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ ތަފާތު އެކި ފިކުރީ ހަނގުރާމަތައް ދުނިޔޭގައި ކުރަމުންދާ ކަމަށް ވިދާޅުވެ ހުޝިޔާރުވެ ތިބުމަށް ވެސް އެދިވަޑައިގެންފައެވެ.

"ރާއްޖޭގައި މުޅީން އަލަށް ދިވެހި ޤައުމިއްޔަތާ ދިވެހި ބަހާބެހޭ ވުޒާރާއެއް ރައީސް އުފައްދަވައިފި. ދަރީންނަށް ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދެއްވުމުގެ މަސައްކަތް ފަށްޓަވައިފި. ޤައުމިއްޔަތުގެ ކޮލެޖް ޤާއިމުކުރައްވައި، ދިވެހިބަސް ދިރުވައި އާލާކުރައްވައި، ދިވެހިބަހުގެ ލިޔުންތައް އިތުރުކުރައްވަން ފައްޓަވައިފި." ނައިބު ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގެ އިތުރުން ތިލަދުންމަތީ އުތުރުބުރީ އުތީމާއި މާލެއާއި އެނޫން ބައެއް ރަށްރަށުގައި ވެސް ޖަލްސާ ބާއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން