މިސްޓަރ މޯލްޑިވްސް، މުހައްޔަދު ޔާމީން (ޔާމްބެ) ގެ ކިޑްނީ ބައްޔަށް ފަރުވާ ކުރުމަށް އެހީ ހޯދުމަށް ރާއްޖޭގައި ޓިކްޓޮކްގައި ނަން މަޝްހޫރު އެކި ފަރާތްތަކުން ކުރިއަށްގެންދިޔަ ލައިވް އެއްގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.

މިރޭ ކުރިއަށް ގެންދިޔަ މި ލައިވްގައި ޓިކްޓޮކްގައި މަޝްހޫރު، ޒިޕޯ، ހަމްބެ، ތަކޭ އާއި މުއްތު އަދި ޝިފާ ފަދަ މަޝްހޫރު ފަރާތްތައް ބައިވެރިވިއެވެ. އެ ލައިވް ނިންމާލިއިރު ވަނީ 210،308.28 ރުފިޔާ އާއި 1382 ޑޮލަރު ހޯދައިދީފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޔާމްބެގެ ދެ ކިޑްނީ ފެއިލްވިކަން އެނގުނީ ވަރަށް ފަހުންނެވެ. އަދި އޭނާ ދަނީ އެކަމަށް ކުރެވެންހުރި ފަރުވާއެއް ކުރުމަށް އެކި މަސައްކަތްތައް ކުރަމުންކަމުގައި ވީނަމަވެސް، ބައެއް މީޑިއާތަކަށް އޭނާ މައުލޫމާތު ދިން ގޮތުގައި އޭނާއަށް މާލީގޮތުން އެހީތެރިކަން މި ކަމުގައި ބޭނުންވެއެވެ.

އޭނާ ފަރުވާއަށް މި މަހުގެ 9 ވަނަ ދުވަހު ރާއްޖޭން ބޭރަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޓިކްޓޮކް ލައިވްތަކުގައި މިފަދަ ކަންކަމަށް ފަންޑުރައިސް ކުރުމަކީ ދޭތެރެއަކުން ކުރިއަށް ގެންދާ ކަމެކެވެ. އެގޮތުން، ބަލިމީހުންނަށް އެހީވުމަށް ކުރިއަށް ގެންދާ ބައެއް ލައިވްތަކުގައި އެއް ގަޑިއިރުން އެއް ލައްކަ ރުފިޔާގެ އެހީ ހޯދާފައި ވެސް އެބަހުއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން