މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެއެެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން ސައިކަލު ދުއްވަންއިން އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ. އޭނާގެ ހާލު ސީރިއަސްކަމުން ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިރޭ ނިޔާވެފައިވަނީ ގދ. ގައްދޫ /ޖުޕިޓަރ، މުޙައްމަދު ލީވާން ޢަބުދުލްލަތީފެވެެ.

މިއެކްސިޑެންޓްގައި ލީވާންގެ ފުއްޕާމެއާ ސިކުނޑިއަށް ލޭ އެޅި މޫނުގެ ކަށިތައް ބިންދައިގެން ގޮސް އޭނާގެ މޭކަށިގަނޑަށް އަނިޔާވެފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިހާދިސާގައި އެކްސިޑެންޓުވި ކާރަށާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން