ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރިކަން "ރަސް"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ވަކި ކުރީ މިދިޔަ ހަފުތާ ނިމެން އުޅެނިކޮށެވެ.

ނަމަވެސް މަގާމުން ވަކި ކުރި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަމު ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރެއްވި ޔޫސުފް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަގާމު ފުރުއްވަމާފައިވެއެވެ.

މި ސަރުކާރުން ވެރިކަަމަށް އަައުމަށް ފަހު ސިޔާސީ މަގާމުތައް އިތުރުވެފައިވާ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަ އެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތައް ވަކި މިންވަރަކަށް ވުރެ އިތުރެއް ނުކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން