ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަގާމަށް އިސްމާއިލް ހަބީބް އައްޔަނުކުރައްވައިފި އެވެ.
ކުރިން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމު ފުރައްވައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ދެ ދައުރު ފުރިހަމކުރެއްވި ހަބީބް އެ މަގާމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖުލައި މަހު އޮތީ ރުހުންދީފަ އެވެ.
އަދި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަބީބް އެ މަގާމަށް އައްޔަނުކުރައްވައި ލިޔުން ހަވާލުކޮށެއްދެއްވައިފަ އެވެ.
އަދި ހަބީބް ވަނީ އެޗްއާރުސީއެމްހެ މެންބަރު ކަމުގެ ހުވާ ވެސް ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.
ހަބީން ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު