އިންޑިޔާ އާއެކު މި ސަރުކާރުންވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރުމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ( އަދުރޭ ) ގޮވާލައްވައިފިއެވެ.
ޕީޕިއެމް އަށް ސޮއިކުރި ބައެއް ފަރާތްތަކުގެ ފޯމް ތަކާއި ހަވާލުވުމަށް އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ، އަދުރޭ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް މަދަދު ހޯދި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ހާމަކޮށްދިނުމަށް އެދި ރައީސް ސޯލިހަށް ސިޓީ އެއް ފޮނުވާފައިވާނެ ކަމަށެވެ.
ދާދިފަހުން އިންޑިޔާ އިން ދިން 750 މިލިއަން ޑޮލަރުގެ އެހީގެ ބަދަލުގައި މިގައުމު ބޭރު ބަޔަކަށް ވިއްކާނުލެވޭނެ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. މިގައުމު ވިއްކާލަން އުޅޭ ދުވަހަކުން ގައުމުގެ ހައްގުގައި ޝަހީދުވާން ނުކުންނާނެ ކަމަށާއި ޝަހީދުވެގެން ވެސް މިގައުމު ސަލާމަތްކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
" 750 މިލިއަން ޑޮލަރުގެ ބަދަލުގައި ރާއްޖެ އިން ދޫކޮށްލީ ކޮންތަންތަނެއްތޯ ބުނެދޭންޖެހޭ. އަޅުގަނޑުމެންނަށް އޮޅުން ފިލުވާ ދޭން އެބަޖެހޭ އެއީ ދައްޕަރުތޯ ކައްދޫ ހަނިމާދޫ ތޯ އެއީ އައްޑޫތޯ އަޅުގަނޑުމެންނަށް އޮޅުން ފިލުވާ ދޭން އެބަޖެހޭ އެތަންތަން ކަމަށް ވައްޏާ އެ ތަންތަން ދިނީ ކިތައް އަހަރަށްތޯ ވެސް ބުނެދޭން އެބަޖެހޭ" އަބުދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނާއި ދިމާކުރެވޭވަރުގެ ސިޔާސީ ލީޑަރެއް މިގައުމުގައި ނެތް ކަމަށެވެ. ޢެމަނިކުފާނާއި ދިމާކުރާ ފަރާތްތަކާއި ދެކޮޅަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ވަރަށް ސާބިތު ކަމާއެކު ނުކުންނާނެ ކަމުގެ އިންޒާރު ވެސް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވަނީ ދެއްވާފައެވެ.
" ރައީސް ޔާމިނަށް ފާޑުކިޔޭވަރުގެ ސިޔާސީ މީހަކު މިގައުމުގައި ނެތް، އެފާޑުކިޔާ ކޮންމެ މީހަކާ މި ލަޝްކަރުން ދިމާކުރާނީ ވަރަށް ސާބިތުކަމާ އެކީގައި. އަޅުގަނޑުމެން ބަލިކޮށްފައި ނޫނިއްޔާ ރައީސް ޔާމިނާއި ދިމާއެއް ނުކުރެވޭނެ. އެވަރުގެ ސާބިތު ކެތްތެރި އެއްގޮތެއްގައި ސާބިތުވެ ތިބޭ ސިޔާސީ ލީޑަރުންނެއް ރާއްޖެ އަކު ނޫޅޭނެ." އަބުދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ޕްރޮގުރެސިވް ކޯލިޝަނަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ އެންމެ އިސްކަން ދީގެން ކުރާނީ މިސަރުކާރުން ދައުލަތުގެ ޚަޒާނާ އިން ވައްކަން ކުރި މީހުންނަށް ހަަައްގު އަދަބު ދިނުމުގެ މަސައްކަތް ކަމަށެވެ. އަދުރޭ ވަނީ ވެންޓިލޭޓަރުގެ ޚިޔާނާތުގެ ފައިސާ ރައީސް އަށް ލިބިވަޑައިގެންފައިވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ހާޒިރުކުރާނީ މިހާރުގެ ރައީސް ސޯލިހް. އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ޒިންމާ ރައީސް ޔާމިން ނަގަންޖެހޭނަމަ ހެލްތު މިނިސްޓްރީގެ ވައްކަމާއި ކޯލިޝަންގެ ވަޒީރުން ހިންގާ ވައްކަންތަކުގެ ޒިންމާ ރައީސް ސޯލިހް ނަންގަވަންޖެހޭނެ. ވެންޓިލޭޓަރުތަކަށް ވީގޮތް ރައީސް އަށް އެގޭނެ، ބައި އެޅިގެންދިޔައީ ހަމަހަމަ އަށް ބަހައިގެން ރައީސް އަށް 4 ބައިކުޅަ ތިންބައި ބާކީ ބައި އެކި މީހުންނަށް ބެހިގެންދިޔައީ." އަބުދުއްރަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު