ފޮޓޯ: ހުރިހާ.ކޮމް
ފޮޓޯ: ހުރިހާ.ކޮމް
މާލެއާއި ހުޅުމާލޭގައި ޓްރެފިކް ބެލެހެއްޓުމަށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރަމުން ދާނެކަމަށެވެ.

އަދި މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާ ކަމަށް ބުނެފައިވެއެވެ.

މިފަދަ ފިޔަވަޅެއް ފުލުހުން އަޅާފައި މިވަނީ މި ފަހަކަށްއައިސް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކުން ނުރައްކާތެރި އެކްސިޑެންޓްތަެް ހިނގައި މީހުންގެ ފުރާނަ ގެއްލުމުގެ ހާދިސާތަކެއް ހިނގާފައިވަނިކޮށެވެ.

މިއީ ބާރު ސްޕީޑްގައި ދުއްވައިގެން ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށްޓަކާ ޓްރެފިކްގެ ކަންކަން ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން