ބަރަހަނާ މަންޒަރު ވިއްކާ ރާއްޖޭގެ ޓެލެގްރާމް ޗެނަލްތަކެއް އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލް ކްރިއޭޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުން ގެންދިޔަ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާއްސަ އޮޕަރޭޝަނެއް ހިންގައި ތިން މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާސިފް ޢަލީ (46އ) އަދި ކ. ކާށިދޫ، ސިލިންކޯ، އިސްމާއިލް ރަބީހު (29އ)އެވެ.

އެ ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރި ކަމަށާއި އަދި މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކުރި ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ފައުޖީ

10-Sep-2024

ފުލުހުން ވެސް ކަންކަން ބޮޑުކޮށްލައިގެން ދައުވާ ކުރަނީ. އަންހެން ކުއްޖާގެ ކަންކަންވެސް ތަހުޤީގު ކުރަންޖެހޭ............. ރުޅިވިޔަސް އެބަ ބައްދާލާ ކަމަސްވޭ....



ޓްރެންޑިން