އަހުޒަމް އަޙްމަދު   9 ސެޕްޓެމްބަރު 2024 - 10:35
ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ ހިންނާ ޚާލިދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވިކަން "ރަސް"އަށް ވަނީ ކަށަވަރުކުރެވިފައެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

ހިންނާ ކުރިން ވަނީ ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީގެ މަގާމުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް ފުރުއްވައިފައެވެ.

ހިންނާ މަގާމުން އިސްތިއުފާ ދެއްވި އިރު އިއްޔެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ ޔޫސުފް ޢަބްދުލްޣަފޫރެވެ، އޭނާ މަގާމުން ވަކިކުރި ސަބަބެއް ވެސް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން