ޒަޚަމްތަކަކާއެކު ގެސްޓުހައުސްއަކުން ފެނުނު މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މީހާ ފެނުނީ ހެންވޭރުގެ ގެސްޓްހައުސްއެއްގެ ކޮޓަރިއްގައި ޚަބަރެއް ނުވާތާ ގިނަ އިރުތަކެއް ވެގެން ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ވަދެ ބަލާ ފާސްކުރުމުން ކަމަށެވެ.
އަދި ފުލުހުން ވަދެ ގޮސް ބެލިއިރު ދިވެހި ފިރިހެނަކު ޒަޚަމްތަކަކާއެކު އޮތް ކަމަށެވެ.
ފުލުހުން މިވަގުތު ވެސް އެ ތަނުގައ ހަރަކާތްތެރިވަމުންދާ ކަމަށާއި އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އެ މީހާއަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފުސީލެއް ފުލުހުން ނުދެެއެވެ.
އަދި އެ ޒަޚަމްތަކަކީ ބަޔަކު ދިން ޒަޚަމްތަކެއް ކަމެއް އަމިއްލައަށް ލިބުނު ޒަޚަމްތަކެއް ކަމެއްވެސް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު