ސައިކަލެއް ޓޯކޮށްގެން އެ ސައިކަލު ނަގަން ގޮސް ފުލުހުންގެ ސްޓޭޝަނަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ހ. ހެމަވަތި ޒައިދާން މުހައްމަދު ޒާހިރު ކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ސައިކަލު ޓޯކުރީ ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވުމުން ކަމަށާއި އަދި ސައިކަލު ބަލާ އައުމަށް ފަހު ހުޅުމާލެ ފޭސް 1ގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގުފަރާތު ދޮރުގެ ލައިޓް ތަޅައިލި ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ރޭ 4:15 ހާއިރު ކަމަށާއި އޭނާ ބަލައިފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އޭނާ ލައިގެން ހުރި ޖިންސު ޖީބުން ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން