ރާއްޖެއިން ބޭރުގެ ބަޔަކު އިމިގްރޭޝަންގެ ޔުނީފޯމް އަޅައިގެން ގުޅައި ޒާތީ މައުލޫމާތު ހޯދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ވަޓްސްއަޕުން އެ ސްކޭމް ކޯލުތައް ކުރަމުން ދަނީ ޕާކިސްތާނުގެ ނަންބަރެއް ކަމަށްވާ ‪+923481077883‬ އިން ކަމަށެވެ.

އެގޮތުން އެ ނަންބަރުން ކުރާ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މަޢުލޫމާތާއި، ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެ މީހުން ތިބެނީވެސް މާސްކު އަޅައިގެން އިމިގްރޭޝަންގެ ބެކްޑްރޮޕް ފެންނަ ތަނެއްގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އެެހެން ނަމަވެސް މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމަށާއި އަދި އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްވެސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން