ޑރ. އަފްޒަލް
ޑރ. އަފްޒަލް
ކޯވިޑް-19 އަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ގައިން އިތުރު ހަތަރު މީހަކަށް ކުރިން ބަލި ޖެހޭ ކަމަށާއި އެހެން ނަމަވެސް މިހާރު އެ އަދަދު މަދު ކަމަށް ޑރ.އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކުރިއާ އަޅާބަލާއިރު، ހަފްތާއެއްގެ ތެރޭގައި ކޯވިޑް-19ގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ މީހުންގެ އަދަދު މިހާރު މަދުވާން ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކު ބަލިޖެހޭ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ އެއީ ލިބޭ ހިތްހަމަޖެހުމެއް ނޫން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ކޮންޓެކްޓްސް މަދުވި ނަމަވެސް އޭގެ މާނަ އަކީ ބަލި ފެތުރޭ މިންވަރު ކުޑަވުން ނޫން ކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ކުރިން ބަލި ޖެހޭ މީހުންގެ ކޮންޓެކްޓުންގެ އަދަދު ގިނަ ނަމަވެސް، މިހާރު ކޮންޓެކްޓުންގެ އަދަދު ވެސް ކުޑަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ ރަނގަޅު އަލާމާތަކަށް ވާނީ ކޮންޓެކްޓުންގެ އަދަދުގެ އިތުރުން ޖުމްލަ ކޭސްތަކުގެ އަދަދުވެސް މަދުވާ ނަމައެވެ.

"އެކަމަކު މިހާރު ކޮންމެ ހަފްތާއަކު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އެހާ މަތިކޮށް ހުންނަ އިރު، އަދި ކޮންޓެކްޓުން މަދުކަމަށް ވީނަމަވެސް، އަދި އެއީ ބަލި ފެތުރުން ކޮންޓްރޯލްވީ ކަމަކަށް ނުބެލެވޭނެ." ޑޮކްޓަރު ވިދާޅުވިއެވެ.

މިއަދު އެކަނި ވެސް ރާއްޖެއިން އިތުރު 146 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 6،225 އަށް އަރައިފައެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި މާސްކު އެޅުން ވަނީ މަޖުބޫރު ކަމަކަށް ހަދާފައެވެ. އަދި ކޮންމެ ރެއެއްގެ 22:00 އިން ފެށިގެން ފަތިހު 05:00 އަށް މާލޭގައި މިހާރު ވަނީ ކާފިއު ވެސް ހިންގާފައެވެ



ކިޔުންތެރިންގެ ހިޔާލު


10

AHMED

21-Aug-2020

Fail vege kuraanekameh nei misarykaaru