އަހުޒަމް އަޙްމަދު   9 ސެޕްޓެމްބަރު 2024 - 16:21
މާލޭގެ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ރޯވީ ހ. ދޫހިމެރިގޭގައި ހިންގަމުން އަންނަ ކެފޭއެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލުމާތު ލިބުނީ މިއަދު މެންދުރުފަހު 02:47ގައި ކަމަށެވެ.

އަދި އެ މައުލޫމާތު ލިބުމާއެކު އަލިފާން ނިންވުމަށް މަސައްކަތް ފެށި ކަމަށް ބުނެފައި ވެއެވެ.

އޭގެ ފަހުން ހަތަރެއް ޖަހަން އުޅެނިކޮށް އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލައިފަ އެވެ.

އެ ހާދިސާގަައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށާއި ނަމަވެސް މަގުމަތީގައި ތިބި ދެ މީިހަކަށް ދުމުގެ އަސަރު ކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެއީ ބިދޭސީ ފިރިހެނަކާއި ބިދޭސީ އަންހެނެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް އެ ތަނުގައި ރޯވެ ވަރަށް ބޮޑަށް ދުން އެރިކަން ފާހަގަކޮށްލެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން