ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ބަސް ޖެހިގެން އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ވިނަރެސް ފްލެޓް ކައިރީގައެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ވިނަރެސް ފްލެޓް ކައިރީގައި އެމްޓީސީސީގެ ދެ ބަސް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ފުލުހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް މަގުމަތީގެ 1900 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން