ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް
ސަރުކާރުން ކުރިއަށް ގެންދާ ފަސްމިލިއަން ގަސް މަޝްރޫޢަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ވަޒީރު ފައިސަލް މިހެން ވިދާޅުވީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ރިސޯޓްތަކުގައި ގަސް އިންދުން އަވަސްކުރުމާ ގުޅޭގޮތުން މިއަދު ހެނދުނު ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއެކު ފަތުރުވެރިކަމާބެހޭ ވުޒާރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވަނީ ރިސޯޓުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފަށާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހުގައެވެ. އެ މަޝްރޫޢުގެ ދަށުން 90 އަށްވުރެ ގިނަ ބާވަތުގެ ގަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދުމަށް ސަރުކާރުން ވަނީ ރާވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އިއްބެ

10-Sep-2024

ާަކަމެއްކުރެވުނީމައި ވަރަށްމޮޅުވާހަކަދެއްކެއެވެ ސުވާލަކީ މިކަންރައްކާތެރިކޮށްބެލެހެއްޓުމަށްކުރިކަމަކީކޮބާހެއްޔެވެ


2

އިއްބެ

10-Sep-2024

ާަކަމެއްކުރެވުނީމައި ވަރަށްމޮޅުވާހަކަދެއްކެއެވެ ސުވާލަކީ މިކަންރައްކާތެރިކޮށްބެލެހެއްޓުމަށްކުރިކަމަކީކޮބާހެއްޔެވެ



ޓްރެންޑިން