ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 56 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހ. ދޫހިމެރިގޭގައި ހިނގި އަލިފާނުގައި ހާދިސާގައި އަލިފާން ރޯވެފައިިވަނީ އެގޭގައި ހިންގާ ގާމަގު ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ މި ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި، 6 ދިވެއްސަކު ރައްކާތެރި ތަންތަނަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި އެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ސިޢްހީ މައްސަލައެއް ދިމާވިކަން ފާހަގަވެފައިނުވާކަމަށް އެންޑީއެމްއޭއިން ބުނެއެެވެ.



އެންޑީއެމްއޭ އިން ބުނީ އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ. މިހާދިސާ އާއި ގުޅިގެން މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އެއީ ބިދޭސީ އަންހެނަކާއި ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގައި ހ. ދޫހިމެރިގޭގެ އިތުރުން އެ ގެއާއި އިންވެގެން ހުންނަ ގެއަކަށްވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ. އެކަމާއި ގުޅޭ މައުލޫމާތު ހޯދުމަށްފަހު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 14:47ގައި ކަމަށާއި އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެ އަލިފާން އެއްކޮށް ނިއްވާލާފައިވާކަމަށެެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ދެ އަންހެނުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ އުމުރުން 30 އަހަރުގެ ބޭރު އަންހެން މީހާ ވަނީ މިހާރު ދޫކޮށްލާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި 48 އަހަރުގެ ދިވެހި އަންހެން މީހާގެ ހާލު ވެސް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފައެެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން